logo

ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރަން ފަށައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ބުނީ، ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. އަދި މިކަން އެންމެ ބޮޑަށް ފާހަގަވަނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކުގައި ކަމަށްވެސް މެޓް އިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން މޫސުމާ ބެހޭ ރިޕޯޓްތަކުގައި އުތުުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު ދެ ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓް ކުރަމުންދާ ކަަމަށްވެސް މެޓް އިން ބުނެއެވެ.

މެޓް އިން ބުނީ، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަަށްވެސް ދުންފުހުގެ އަސަރު ހުންނާނެ ކަަމަށް ބެލެވޭ ކަމަށެވެ.

ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރަމުންދާތީ ގިނަ ވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަން ދިނުމަށް ވެސް މެޓް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ވައިގެ ފެންވަރު ދަށްވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ad