logo

ރައީސް މުއިއްޒު ކުރައްވަން ޖެހިވަޑައިގަތީ އުނދަގޫ ވެރިކަމެއް: ޝުޖާއު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

މިހާތަނަށް އެންމެ އުނދަގުލުގައި، އެންމެ އުނދަގުލުގައި ފެހި ގާނޫނުއަސާސީ ހިންގަން ލިބުނު ވެރިކަމަކީ ރައީސް މުއިއްޒުގެ މި ސަރުކާރު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މިވެރިކަމަކީ މިހާތަނަށް އެންމެ އުނދަގުލުގައި، ފެހި ގާނޫނުއަސާސީ ހިންގަން ލިބުނު ވެރިކަން ކަމަށާއި، މިވެރިކަން ރައީސް މުއިއްޒުއާ ހަމައަށް އައިއިރުގައި މިވެރިކަން ހިނގައިގަތުމަށްޓަކައި 300 މިލިއަން ޑޮލަރު ބޭނުންވި ކަމަށެވެ. މިއީ މީގެ ކުރީ ސަރުކާރުތަކުން ވާރުތަވި ދަރަނިތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތް ކަމަށް ސިފަކުރަމުން ސުޖާއު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިންގުމަށް އެކަނިވެސް 300 މިލިއަން ޑޮލަރު ބޭނުންވެފައި އޮތްކަމަށާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހިސާބުތަކުން ދެއްކި ގޮތުގައި މި އަހަރުގެ މާޗު މަހު ރާއްޖެ ބަންގުރޫޓުވާނެ ކަމަށް އޭނާ ފާހަގަކުރެވިއެވެ. ނަމަވެސް މިކަން ވިޔަނުދީ ދަރަނިތަކުން އަރައިގަތުމައްޓަކާ މަސައްކަތް ކުރެއްވީ ދުރުވިސްނުމައި ހިކުމަތްތެރި ކަމުން ކަމަށް ސުޖާއު ވަނި ވިދާޅުވެފައެވެ. ރައީސް މުއިއްޒު މިހާރުވެސް ގެންދަވަނީ ކުރި ސަރުކާރު ތަކުން ނަންގަވާފައިވާ ލޯނުތައް ދައްކާ ހަލާސް ކުރަމުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދައްކާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވަމުން ކަމަށެވެ..

އަދިި ފާއިތުވީ ދެއަހަރާ ބައިގައި އަނދަވަޅަކަށް ވެއްޓިފައި އޮތް އިގްތިސާދު ނަގާ އެމަނިކުފާނު ކޮޅަށް ޖައްސަވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ad