logo

ވިލާތުގެ ބާޒާރުގައި ދިވެހި ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމަށް މަސައްކަތް  ދަނީ ކުރަމުން: ޚާރިޖީ ވަޒީރު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހަށް ދުނިޔޭގެ އެހެން ބާޒާރުތަކުގައި ނަގާ ޓެރިފް އުނިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ދުނިޔޭގެ އެހެން ބާޒާރުތަކުގައި ނަގާ ޓެރިފް އުނިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އިނގިރޭސިވިލާތުން ލިބުނު ލުޔާއެކު ރާޢްޖޭގެ އެކްސްޕޯޓް އިތުރު ކުރެވި، ރާއްޖެއަށް ވިޔާފާރީގެ އެއްބަސްވުންތަކަކާއި ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.ދިވެހިރާއްޖެ ވާދަވެރިގޮތަކަށް އިނގިރޭސިވިލާތުގެ މާކެޓުގައި ޔޫރަޕުގެ މާކެޓުގައި ކޮމްޕީޓް ކޮށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ކުއަންޓިޓީ އަދި ކޮލިޓީ އިތުރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ފާހަގަ ކުރެއްވީ ސަރުކާރުގެ އަމާޒަކީ އިނގިރޭސި ބާޒާރުގެ ތެރެއިން ލިބުނު ލުޔާއެކު ދިވެހި ކަނޑު މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް ރަނގަޅު ކޮލިޓީ މަސް ބޭރުކުރުން އިތުރުކުރުމެވެ.

މީގެ އިތުރުން ފާހަގަ ކުރެއްވީ ކުރިއަށް އޮތް ތާނގާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ޑިއުޓީ މަަޢާފްކުރުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ދާޢިމީ ގޮތެއްގައި އިނގިރޭސިވިލާތަށް ބޭރުކުރާ ތަކެތިން ޑިއުޓީ މަޢާފްކުރެވި ޔޫރަޕިއަން މާކެޓަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވައްތަކުގެ ނެގޯޝިއޭޝަންސް ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާނގައި ރާއްޖޭގެ މަހުގެ ކުއަންޓިޓީ އިތުރުވެ، އަދި ރާޢްޖެއިން އެކްސްޕޯޓު ކުރާ ބާވަތްތައް އިތުރުކުރުން ކަމަށެވެ. ގުޑްސް އެންޑް ސާވިސެސް ކޮމްޕެރަބަލް ސްޓޭޓަކަށް އައުމުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ad