logo

ލ. ގަމުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

ލ. ގަމުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ފަސް ދިވެހިން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގަމުގައި ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 29 އަހަރުގެ ތިން ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި މި މާރާމާރީއާ ގުޅިގެން މީހަކަށް އަނިޔާއެއްވީ ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ad