logo

ސިނަމާލެ ބްރިޖްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މަރްޔަމް
11 ގަޑިއިރު ކުރިން
ހައިވޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ--

ހައިވޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ--

ސިނަމާލެ ބްރިޖްގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 11:33 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑންޓްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެއީ، ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗަށް ގެންދިއުމަށް ފަހު ދެ މީހަކު މިހާރު ވަނީ ދޫކޮށްލައިފައެވެ. މިވަގުތު ހޮސްޕިޓަލުގައި ތިބީ އިތުރު ފަރުވާ ބޭނުންވާ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނި ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ،

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ad