ރާއްޖޭގެ ފައިނޭޝަލް ރޭޓިން ދަނީ މައްޗަށް، 1.29 ބިލިއަން އެމެރިކާ ޑޮލަރު ދައްކާ މި ނިމުނީ މިދިޔަ އަހަރުތެރޭގަ
ރާއްޖޭގެ ފައިނޭޝަލް ރޭޓިން ދަނީ މައްޗަށް ކަމަށާއި، 1.29 ބިލިއަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގަ ދައްކާ ނިމިފައިވާ ކަމަށް އިގްތިސަދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގަ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ ވަޒީރު ސައީދު ވިދާލުވީ 1.29 ބިލިއަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގަ ދައްކާ ނިމިފައިވާ ކަމަށާއި،ާއްޖޭގެ ފައިނޭޝަލް ރޭޓިން ދަނީ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ ސުކޫކު ނުދެއްކޭނެ ކަމަށް ގަބޫލުކުރި ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ރާއްޖެއާއި ދޭތެރޭ އިތުބާރު ގާއިމް ކުރެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުން ރާއްޖެ ބަގްރޫޓް ވެދާނެއޭ ކިތަންމެ ވަރަކަށް ބުންޏަސް އެކަން އެގޮތަށް ނުވާނެ ކަމަށާއި، މިހާރު ފެންނަނީ ރާއްޖޭގެ ފައިނޭޝަލް ސެކްޓާރގެ އިތުބާރު އޮތް މިންވަރު ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ތިބި ވިޔަފާރުވެރިންނަށާއި، ހުރިހާ ރައްޔިތުންނަަށްވެސް އަސަރުކުރާ ކަމަށް ވިދާލުވިއެވެ. ސައީދު ވަނީ ވަރަށް ބޮޑަށް ކުރީގެ ވެރިންނަށް ފާޑު ވެސް ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީގެ ދެ ރައީސުން ކަމަށްވާ ރައީސް ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހަށްވެސް ފާޑު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް ޔާމީނަށް ވެސް ފާޑު ވިދާޅުވަމުން ފާހަގަ ކުރެއްވީ އެމީހުން ރާއްޖެ ދަރަނިވެރި ކުރުވަން ދުކޮށްފަ ތިބީ ކަމަށެވެ. މިއަދު އެވާހަކަތައް ދެއްކުމުގެ މާނައެއް ނެތް ކަމަށާއި، މިހާރު ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެ ހަމަމަގަސް އެޅުވުމަށް ދަނި މަސައްކަތް ކުރަމުން ކަމަށެވެ.

.jpg&w=256&q=75)
