ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ތާއީދު ކުރައްވައި ވޯޓު ދެއްވީ 47 މެންބަރުންނެވެ. އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް އިދިކޮޅުގެ 12 މެންބަރަކު ވޯޓު ދެއްވި އެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރުފައިސާގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަށް މާރުކުރަން ޖެހެ އެވެ.
2024 ގައި ތަންފީޒު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހެ އެވެ.

.jpg&w=256&q=75)
