logo

3 މީހެއްގެ މައްޗައް ޓެރެރިޒަމްގެ ކުށް ސާބިތު ނުވާތީ މޮނިކޮން އަމުރު ނެރެފި

މަރްޔަމް
17 ގަޑިއިރު ކުރިން
މޮނިކޮން އަމުރު ނެރުނު 3 މީހުން

މޮނިކޮން އަމުރު ނެރުނު 3 މީހުން

ތ. ތިމަރަފުށީގައި އިސްލާމިކް ސްޓޭޓް (އައި އެސް) ޖަމާޢަތާއި ގުޅުން އޮންނަ ސެލްއަކުން ޓެރެރިޒަމްގެ ޢަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާކޮށް ކުށް ސާބިތު ނުވި ތިން މީހެއްގެ މައްޗައް މޮނިޓަރިންގް އެންޑް ކޮންޓްރޯލް (މޮނިކޮން)ގެ އަމުރު ހައިކޯޓުން ނެރެފިއެވެ.

މި ތިން މީހުންނަކީ ތ.ތިމަރަފުއްޓައް ނިސްބަތްވާ އަބްދުﷲ ޝަރީފް، އަޙްސަން މުޙައްމަދު އަދި މުޙައްމަދު އާޞިރު އެވެ. މައްސަލައިގަ ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު ހަތަރު ވަނަ މީހާ ކަމށްވާ ޝަމާހް ޝަރީފްގެ މައްޗައް މޮނިކޮން އަމުރު ނެރިފައެއް ނުވެއެވެ.

ފުލުހުންގެ ތަހްގީގަށް އެނގިފައިވާ ގޮތުގައި މި މީހުންވަނީ ދަތުރު ދިޔުމުނގެ ނަމުގައި ފަޅުރަށަކަށް ގޮސް ހަނގުރާމައިގެ ތަމްރީންތަކާއި ޖިސްމާނީ ތަމްރީންތައް ހަދާފައެވެ. އަދި އޮންލައިންކޮށް ހައްދު ފަހަނަ އެޅި ފިކުރު ފެތުރުމުގެ ކްލާސްތައް ހިންގުމާއި ވަކިން ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ފަދަ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.

އައިއެސް ގެ ސީދާ އިރުޝާދުގެ ދަށުން ތިމަރަފުށީ ސްކޫލްގެ ލެބޯޓްރީ ގޮއްވާލުމަށް އައިއީޑީ ތައްޔާރު ކުރަން އުޅުނުކަމުގެ ތުހުމަތުގައި ދައުލަތުން އަށްމީހެއްގެ މައްޗައް އަށް ދައުވާއެއް ކޮއްފައިވާ އިރު އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކުށް ސާބިތު ނުވި އިރު މި މައްސަލައިގެ ކުށް ސާބިތު ވެފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

ޓެރެރިޒަމް ޤާނޫނުގެ ދަށުން މުޖްތަމަޢުގެ ސަލާމަތައް ނުރައްކާ ވެދާނެފަދަ ކަމަށް ބެލެވޭ ފަރާތްތައް މޮނިޓަރކޮށް ، ދަތުރު ފަތުރު ކޮންޓްރޯލްކޮށް ފާރަލުމުގެ އަމުރަކަށް އެދުމުގެ ބާރު ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރއަށް ލިބިގެން ވުމާއި އެކު މި ކަމަށް އެދިފައިވަނީ އެ މިނިސްޓްރީގެ ފަރާތުންނެވެ.

ad