މާލޭ ކޮމާޝަލް ހާބަރު އާއި ތިލަފުށި ކާގޯ ޓާމިނަލް ދެމެދު ކޮންޓެއިނަރު ބަދަލުކުރުމަށް އާ ފީތަކެއް ތައާރަފުކޮށް، މިއަދުން ފެށިގެން އެ ފީ ނަގަން ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުން އަންނަ ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓްގެ ދަށުން، ތިލަފުށީގައި ހިދުމަތްތަކާއި އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު، މި ގެނެވުނު ބަދަލަކީ ތިލަފުށީގައި ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓާ ގުޅިގެން، ކޮންޓެއިނަރު ބަދަލުކުރުމުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ގެނެވުނު ބަދަލެއް ކަމުގައި އެމްޕީއެލުން ވަނީ ހާމަކޮށްފައެެވެ.
އެމްޕީއެލުން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން 20 ފޫޓުގެ ކޮންޓެއިނަރެއް މާލޭ ކޮމާޝަލް ހާބަރާއި ތިލަފުށި ކާގޯ ޓާމިނަލް ދެމެދު ބަދަލުކުރުމަށް 1،500 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް ބަދަލުކުރުމަށް 3،000 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް އެމްޕީއެލުން ވަނީ ހާމަކޮށްފައެވެ.
ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ "ފުލް ކޮންޓޭނާ ލޯޑް" (އެފްސީއެލް) ކޮންޓޭނަރުތައް ކްލިއާ ކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށް އެ ޓާމިނަލްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.

.jpg&w=3840&q=75)