logo

ހޯމް ސްކޫލިންގް ބިލު މަޖިލީހުނަ ބަލައިގެންފި

މަޒީ
9 ގަޑިއިރު ކުރިން

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް، ތަޢުލީމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު މަޖިލީހަށް ބަލައިގަނެފިއެވެ.

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ.

މިދިޔަމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވި، މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ. ބިލުގައި ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަމަށެވެ.

މީގެ އިތުރުން ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒު ކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލު ކުރުމަށް ހިމަނާފައިވެއެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ، ބިލުގެ މަޤުސަދެކެވެ.

ބިލަށް ބަހުސްކުރެއްވި ސަރުކަރު މެމްބަރުންވަނީ މި ބިލަކީ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއްކަމަށެވެ. މެމްބަރުވް ވަނީ މިއީދަރިވަރުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ބިލެއްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން މި ބިލާމެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަޞައްވުރެއް އުފައްދަމުންދާތީ އެކަމާ މެދު މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ބިލަކަށް ބަޙުސްކުރާ އިރު ހަޤީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް ވެސް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

ad