logo

ހއ. ތުރާކުނު އައު މިސްކިތުގެ އަމަލީ މަސައްކަތް ނިންމާލައިފި

މަރްޔަމް
14 ގަޑިއިރު ކުރިން
ހއ. ތުރާކުނު އައު މިސްކިތް/ ފޮޓޯ: އަސުރު އޮންލައިން

ހއ. ތުރާކުނު އައު މިސްކިތް/ ފޮޓޯ: އަސުރު އޮންލައިން

ހއ. ތުރާކުނުގައި އެމްޓީސީސީން އިމާރާތް ކުރަންފެށި އައު މިސްކިތުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މިމަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މިސްކިތް ޢާއްމުންނަށް ހުޅުވާލުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަންގެ މަސައްކަތްތަކެވެ.

މޯޅްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 4ސެޕްޓެމްބަރ 2023ގައެވެ. މި މިސްކިތަކީ 240 އަކަމީޓަރުގެ ބޮޑުމިން ހުރި، 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި ދެ ޖިންސުގެ މީހުނަށްވެސް ނަމާދު ކުރެވޭ ގޮތައް ފަރުމާ ކޮށްފައިވާ ޒަމާނީ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ނިމުމުން އަލަށް ހުޅުވޭ މިސްކިތުގައި ރައްޔިތުންނަށް ނަމާދު ކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މިމިސްކިތަކީ 10.38 މިލިއަން ރުފިޔާއަށް ވުރެ ގިނަ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ.

ad