logo

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ފައިރޫޝް އިސްތިއުފާ ދެއްވައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް އިސްތިއުފާ ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ރަނގަޅަށް ވިސްނެވުމަށްފަހު ކަމަށެވެ. މިއީ ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ފައިރޫޝް ވިދާޅުވި އެވެ.

ފައިރޫޝް އިތުރަށް ވިދާޅުވީ ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވާ ކަމަށާއި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުދަންނަވާ ކަމަށެވެ.

މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަކަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ. މިއަދާ ޖެހެންދެން ވެސް ފައިރޫޝް ހުންނެވީ އެ މަގާމުގައެވެ.

ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފައިރޫޝް، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ޖެނުއަރީގައެވެ. ރިޓަޔާކުރެއްވުމުގެ ކުރިން އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

ad