logo

އެމްޓީޑީސީ ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަންކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަޤާމަށް، އަޙްމަދު ޝަހީރު އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އިން ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަން ގެ މަޤާމަށް، މ. ލާލުބާއު، އަޙްމަދު ޝަހީރު މި ހިނގާ ސެޕްޓެމްބަރު މަހުގެ 07 ވަނަ ދުވަހު އައްޔަނުކޮށްފައެވެ.

ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުގެ މަޤާމުގައެވެ. ޝަހީރު ވަނީ މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ތައުލީމީ ގޮތުން ބަލާއިރު، އަޙްމަދު ޝަހީރު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް އެޑެލައިޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޗާރލްސް ސްޓޫއާރޓް ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.

ad