logo

ރައީސް، ޕީއެންސީގެ ކާމިޔާބީ ފާހަގަ ކުރުމަށް ދ. މީދޫއަށް ވަޑައިގެންފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ރައީސް، ޑރ. މުހައްމަދު މުއިއްޒު ދ. މިދޫ އަށް ވަޑައިގެންފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީދޫ އަށް ވަޑައިގަތީ އެ ރަށު ކައުންސިލްގެ ރައީސަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރެއްވުމަށެވެ.

މިދޫގައި ބޭއްވި އިންތިހާބުގައި ވާދަ ކުރެއްވި ޝާހިދުގެ މައްޗަށް ސުހާ ކުރި ހޯއްދަވާފައިވަނީ 80 ވޯޓުގެ ތަފާތުންނެވެ. މި އިންތިހާބުގައި ސުހާއަށް 529 ވޯޓު ލިބުނުއިރު، ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.

މި އިންތިހާބު ދެވަނަ ބުރަށް ގޮސްފައިވަނީ ކެންޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރުގެންނެވެ.

މި އިންތިހާބުގައި ސުހާގެ ނަތީޖާއިން ގޮނޑި ކަށަވަރުވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ސުހާ އަށް ވޯޓް ދެއްވި އެދާއިރާގެ ލޮބުވެތި ރައްޔިތުންނަށާއި، އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ސުހާގެ ކާމިޔާބީ ފާހަގަ ކުރުމަށް ރައީސް މުއިއްޒު މިދު އަށް ވަޑައިގެންފައިވާއިރު، ރައީސް މުއިއްޒުއާއި އެކު އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަނީ އެރަށަށް ވަޑައިގެންފައެވެ. ރައީސް އެރަށަށް ވަޑައިގަތުމުން އެރަށުގެ ކުދި ބޮޑު އެކި އުމުރުފުރާގެ އެންމެހާ ރައްޔިތުން ވަނީ ވަރަށް ބޮޑު ހޫނު މަރުހަބާއެއް ދަންނަވަފައެވެ.

ad