މާލޭގައި ބޭއްވުމަށް އެއްވުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގައި ވާ ގޮތުން މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމާއި އަދި ޢާއްމު ދަތުރު ފަތުރާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދިމަވެދާނެ ދަތިތަކާ ގުޅިގެން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންނަށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. ވުމާއެކު ކުރިން އެންގުމަކާ ނުލާ އެއްވެ އުޅުމަށް ހުއްދަ ދެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް އެއްވެ ނޫޅުމަށާއި ޤާނޫނީ އިމުގެ ތެރެއިން އެއްވުން ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެއްވުން އިންތިޒާމް ކުރާ ފަރާތްތަކަށް އަންގާފައިވެއެވެ.
މިފަދަ އެއްވުންތަކަކީ ޢާންމު ދަތުރު ފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތަކަށް ތަފާތު ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަންކަން ކަމަށް ވުމާއެކު، އެއްވެސް ފަރާތަކަށް ދަތި ނުވާނޭ ގޮތަށް ގާނޫނީ އިމުގެ ތެރެއިން އެއްވުން އިންތިޒާމު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެއްވުމުގެ ތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވާ ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

