logo

ވައި ނުސާފުވުމުގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ވައި ނުސާފުވުމުގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ވައި ނުސާފުވުމުގެ ސަބަބުން ޢާއްމު ޞިއްޙަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި، މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފުއްޕާމޭގަ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމައި، ބޭރަށް ނުކުންނަ ނަމަ ރައްކާތެރި މާސްކް އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި، މަބަނޑު މީހުންގެ ބޭރުގައި ގިނަވަގުތު ހޭދަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަދި ގޭގެ ދޮރު ލައްޕާފަ ބެހެއްޓުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މީގެ އިތުރުން ބޭރުގައި ކުޅުމާއި ކަސްރަތު ކުރުން މަޑުޖައްސާލުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވައި ނުވާސާފްވާ މިންވަރު އިތުރުވެ ނުރައްކާތެރި މިންވަރަކަށް ދިއުމުން ރަތް ސަމާލުގެ ހާލަތުގައި ވާނީ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިހާރު އިލްތިމާސްވެސް ކޮށްފައެވެ.

1. ހދ. ކުޅުދުއްފުށި: 159 (ހައި ރިސްކު މީހުންނަށް ނުރައްކާ)

  • ށ. ފުނަދޫ: 68 (މެދު މިންވަރެއްގައި)
  • ދ. ކުޑަހުވަދޫ: 119 (ހައި ރިސްކު މީހުންނަށް ނުރައްކާ)
  • ފުވައްމުލައް: 82 (މެދު މިންވަރެއްގައި)
  • އައްޑޫ ސިޓީ: 110 (ހައި ރިސްކު މީހުންނަށް ނުރައްކާ)

ވައިގެ ނުސާފް މިންވަރު އެންމެ މަތީގައި އުޅެނީ ވިލިމާލެ ސަރަހައްދުގައެވެ. މިއީ "ރެޑް އެލާޓް" ނުވަތަ އެންމެންގެ ސިއްހަތަށްވެސް ނުރައްކާވާ ފަދަ ދަރަޖައެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ad