ސަރުކާރުން ދެއްކި ދަރަނި ތަކާއި ޑޮލަރުގެ ތާށިކަމާ ގުޅުމެއް ނެތް ކަމަށް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ލޯނުތަކާ ގުޅިގެން ކޭޝް ފްލޯއަށް ލޮޅުމެއް ނުވަތަ ޑިފިކަލްޓީއެއް ނައަންނާނެ ކަމަށެވެ. ސަރުކާރުން ކްލިއާ ކުރި ދަރަނި ކްލިއާ ކުރުމާ ބީއެމްއެލްއާއި، ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
މުންދު މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވެފައިވާއިރު، އޮންލައިން ސައިޓްތަކުން ވިޔަފާރިކުރަމަށް އެ ބޭންކުގެ ކާޑުތަކަށް މީގެކުރިން ދީފައިވާ ބައެއް ދޫތަށް ހިފަހައްޓާފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ނަމަވެސް ބީއެމްއެލުން ބުނީ، ނަހަމަގޮތުގައި އެ ހިދުމަތްތައް ބޭނުންކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށް އެއި ނިންމި ނިންމުމެއް ކަމަށެވެ.
ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ގިނައިން ޑޮލަރު ބޭރުކުރަންޖެހޭތީވެ ބީއެމްއެލުން ވަނީ ބޭރުފައިސާގެ މުއާމަލާތްތައް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.
މިކަންބޮޑުވުން ފާޅުކޮށް ގިނަބަޔަކު ވާހަކަ ދައްކާފައިވާއިރު، 524 މިލިޔަން ޑޮލަރުގެ ސުކޫކެއް ސަރުކާރުން ވަނީ މިފަހުން ދައްކާފައެވެ. އަދި އޭޕްރީލް މަހު 23 ގައި އިންޑިއާއަށް ވަނީ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ވެސް ދައްކާފައެވެ.


