logo

ރިޕޯޓް: ނަތަންޔާހޫ އަސްލަށްވެސް މަރުވީތަ؟

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން
ނަތަންޔާހޫގެ އޭއައި ވިޑިއޯ ކަމަށް ބުނާ ވީޑިއޯ އިން ފޮޓޯ އެެއް

ނަތަންޔާހޫގެ އޭއައި ވިޑިއޯ ކަމަށް ބުނާ ވީޑިއޯ އިން ފޮޓޯ އެެއް

ޞަހްޔޫނީ ދައުލަތާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ވާހަކަ މިހާރު ވަނީ އަޑުގަދަވެފައެވެ. ފެބްރުއެރީ 28 ވަނަ ދުވަހު ފެށި މިހަނގުރާމަ ހުއްޓުމެއްނެތި ކުރިއަށްދާއިރު ދުނިޔޭގެ ސަމާލުކަމަށް މިހާރު އައިސްފައިވަނީ ނަތަންޔާހޫ މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަ ހުއްޓުވުމަށް އޭނާ މަރުނުވާ ކަމަށްބުނެ ނަތަންޔާހޫގެ އެކްސް އެކައުންޓުން ދައްކަމުންދާ ސީދާ ފޭކް އާޓިފިޝަލް އިންޓެލިޖެންސް ވީޑިއޯތަކަށެވެ.

ހަނގުރާމަ ފެށުނުތަނާ އިޒްރާއިލް އާއި އެމެރިކާއިން ދިން ވަރުގަދަ ހަމަލާއެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހަމަނާއީ އަވަހާރަކޮށްލިއެވެ. ބަދަލުހިފުމުގެ ރޫހު ވަރުގަދަވެ އެހާ ހިސާބުން އީރާނުގެ ހަމަލާތައް ވަރުގަދަކޮށް ބާރަށް ކުރިއަށްދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލުގެ ބޮޑުވަޒީރުގެ މަރަކީ ހަނގުރަމަ ނިންމާނެ ހަމައެކަނި ގޮތް ކަމަށް ބުނަމުންނެވެ. ހަމަނާއީގެ މަރުގެ ބަދަލު ހިފުމުގެ ރޫހް ވަރުދަވެފައި އޮތް ބޮޑުކަމުން ދުނިޔެއަށް އަންނަ ލޮޅުމަކަށް ބެލުމެއްނެތި ހަނގުރާމަ ކުރިއަށްދާއިރު، ބައެއް މަސްދަރު ތަކުން ހާމަވާ ގޮތުގައި އިޒްރޭލުގެ ވެރިކަންކުރާ ރަށް ތެލްއަވީވް ވަނީ އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަކޮށްފައެވެ. މި ހަމަމަލާތަކުގައި ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބައެއް ނޫސް އެޖަންސީތަކުން ދަނީ މިހާރު ހަބަރު ފަތުރަމުންނެވެ. ހަފްތާއަކަށް ނަތަންޔާހޫގެ ހަބަރެއްނުވެ އޭނާގެ ކެބިނެޓް މިޓިންތަކާއި އެހެނިހެން އެއްވެސް މުއާމަލާތެއް ނުފެނި އޮތުމަށްފަހު ކުއްލިއަކަށް އޭނާ ދުނިޔޭގެ ހުރިކަން އެންގުމުމަށް ދޫކޮށްލި އޭއައި ވީޑިއޯއިން ވަނީ ދުނިޔޭގެ ކުރިމަތީގަ އޭނާއާއި އިޒްރޭލުގެ އަގު މާބޮޑަށްވެސް އަނެއްކާ ވެއްޓިފައެވެ. ކޭފޭ ރެސްޓައުރެންޓެއްގެ ތެރޭ ހުރެގެން ކޮފީ ބޯ ވީޑިއޯ އެއް އޭނާ ސޯޝަލް މިޑިއަށް ދޫކޮށްފައިވާއިރު އެއިން ފެންނަނީ މުޅިވެސް ފޭކްކަން ވީޑިއޯ ބެލީމަ ޔަގީންވެއެވެ. އޭނާގެ އަތް ބޭނުން ކުރާ ގޮތާއި ބޮލުގެ އިސްތަށިގަނޑު ހުރި ގޮތާއި، ތަށި ބަންޑުންވާ ވަރަށް އަޅާފައިވާ ކޮފީތަށި ނެގި ހަލުވި އަވަސް މިނާއި،އަދި އެހާ އަވަސްކޮށް ނެގިއިރު އެެއިން އެތިކޮޅެއްވެސް ތަށިން ވެއްޓިގެން ނުދާތީއެވެ. އަދި އެ ކޮފީތަށިން އެއްކޯވަރުން ބޮޑު ބައި ބޮވޭ ގޮތަށް ދަމައިގަތްއިރު އެންމެ އެތިކޮޅެއްވެސް ތަށިން މަދުވެފަ ނުވުމަކީވެސް ސީދާ ފޭކެއްކަން ޔަގީންވި ކަމެކެވެ. އެހެންވީމަ އޭނާ ނުފެނި އޮތުމަށްފަހު ދެދުވަހެއް ކުރިން އިޒްރޭލުން ނެރުނު ފުރަތަމަ ވީޑިއޯ އަކީ ވެސް މަސްނޫޢީ އެއްޗެއް ކަމާއި އެއިން އޭނާ ދައްކާ އިނގިލިވެސް މާގިނަ ކަން ފެނިގެންވަނީ ގޮސްފައެވެ. އެކަން ފޫބެއްދުމަށް އަނެއްކާ ކުރި ވީޑިއޯވެސް އިންވެސް އިޒްރޭލު އަތަށް ގޮވިއެވެ. މިކަންތައް އޮތީ މިހެން ކަމުގައި ވިޔަސް، އޭނާ މަރުވީ ކަމެއް އަދި ޔަގީނެއް ނޫނެވެ. އެކަން ޔަގީންވާނީ ދުވަސްކޮޅެއް ފަހުންނެވެ. މިއީ ނުބައި މީހުން އަބަދުވެސް އަމަލުކުރާ ގޮތެވެ. ނަމަވެސް އީރާނުން އޮތީ މިކަމަށް ވަރަށް ރަނގަޅަށް ހޭލައެވެ. އެހެނަސް އުންމީދަކީ މިކަލޭގެ މަރުވެއްޖެ ކަމުގެ ޚަބަރު ލިބުމެވެ. ނުވަތަ އޮތީ އަނިޔާވެފައި ނަމަ ދުނިޔޭގައިވެސް އޭނާގެ ވޭން އިތުރު ކުރެއްވުމެވެ. 2023 ވަނަ އަހަރުންފެށިގެން ފަލަސްތީނުގެ އެތައްބަޔަކު ހާލުގައި ޖައްސާ އޭނާދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުންނެވެ. އަދިވެސް އެ ރައްޔިތުންނަށް ލުޔެއްނުލިބޭއިރު، މިއަދު އޭނާ އަށް ހައްގީ ހަމަ ސީދާ މަރު ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ހަނގުރާމަ ފެށުމާއިއެކު މި ފިނޑި ދަޖައްލާދު ފިލައިގެން ޤައުމު ކޮމާންޑް ކުރަނީ ކަމުގެ ވާހަކަ ދެކެވުނެވެ. ސަބަބަކީ އީރާނުގެ ރައްދު ޙަމަލާ ނިކަން ވަރުގަދަ ވާނޭކަމާއި އޭނާޔަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ފިލައިގެން ހުރެ ކޮމާންޑް ކުރުން ކަމުގައި އޭނާޔަށް އެނގޭތީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ..

ad