-
-
logo

ކެނދިކުޅުދޫ ބަނދަރުގެ 20 އިންސައްތަ ނިމިއްޖެ

މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން
ކެނދިކުޅުދޫ ބަނދަރުގެ 20 އިންސައްތަ ނިމިއްޖެ

ކެނދިކުޅުދޫ މީގެ ކުރިން

ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 79،022،724.12 ރުފިޔާއެވެ. މިހާތަނަށް ބަނދަރުގެ އެއްގަމު ތޮށި ޖެހުމުގެ 44 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މަޝްރޫޢުގެ ދަށުން ކެނދިކުޅުދޫ ބަނދަރު ފުޅާކޮށް، އާ ބަނދަރު ބޭރުތޮށި އެޅުމާއި، ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ބައްތި ޖެހުމާއި، ފެން ނަގާ ސަރަހައްދު ތަރައްޤީކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާއިރު، މި މަޝްރޫޢަކީ އެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވޭ މުޙިއްމު އެއް މަޝްރޫޢެވެ. ކޮންސްޓްރަކްޝަން، އެންޑް ހައުސިންގ މިނިސްޓްރީން ބުނީ މި މަޝްރޫޢު ނިމުމުން އެ ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބަނދަރު ތަރައްޤީވުމުން ބޮޑެތި އުޅަނދުފަހަރަށް ވަދެ ނިކުތުމަށް ލުއިފަސޭހަވެ ވިޔަފާރިއަށާއި މަސްވެރިކަމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށެވެ.

ad