އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންތީ ވެކްސިން ޖެހުމަށް ޑޮކްޓަރެއް ކަމުގައިވާ މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އިންފުލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރު ވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އީދު ބަންދުގެ ދެ ހަފުތާ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވެފައިވާއިރު، އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އިތުރުވާތީ ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކޮށްފައެވެ.


