logo

މަޖިލިސް ޗުއްޓީއަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
16 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިގައްޖެއެވެ

ރައްޔިތުންގެ މަޖިލީހުގައި އަހަރެއްގެ ތެރޭގައި ތިން ދައުރު އޮނަނައިރު މަޖިލީހުގެ ގަވައިދު ބުނާގޮތުން ފުރަތަމަ ދައުރު ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރިލް 30 އާ ހަމައަށް ދެވަނަ ދައުރު މެއި މަހުގެ 16ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ތިންވަނަ ދައުރުވަނީ ކަނޑައަޅާފައެވެ .އަދި ތިން ވަނަ ދައުރު އޮގަސްޓު މަހުގެ 27 އިން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް އޮންނާނެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ. ނަމަވެސް މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުން އެ މުއްދަތު 2 ފަހަރަކު ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން މުއްދަތު އިތުރުކުރީ، މިމަހުގެ 27ވަނަ ދުވަހާ ހަމައަށެވެ.
މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރު ކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސް ކޮށްގެންނެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިއަހަރުގެ 3ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ، އޮކްޓޯބަރު މަހުގައެވެ.

ad