މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ޤައުމީ މަޖިލިސް އިންތިހާބުގައި އަކްރަމް ކަމާލުއްދީން މާލޭގެ މެންބަރުކަމަށް ވާދަ ނުކުރަން ނިންމަވައި، ކެންޑިޑެސީ އަނބުރާ ގެންދަވައިފިއެވެ.
އަކްރަމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤައުމީ މަޖިލިސް އިންތިހާބުގައި މާލޭގެ މެންބަރުކަމަށް ވާދަ ނުކުރަން ނިންމަވައި، ކެންޑިޑެސީ އަނބުރާ ގެންދަވަން ނިންމާފައިވާކަމަށެވެ.
އެގޮތަށް ނިންމެވީ، އެމްޑީޕީ ކޮންގްރެސް އިން ފާސްކޮށްފައިވާ ބޮޑުބަދަލަށް ތާއިދުކޮށް ބޮޑު ބަދަލު ޓީމަށް 16 ކެނޑިޑޭޓުން ހަމަކުރުމަށް ޓަކައި އެހެންބޭފުޅަކަށް ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ މާލެ ދާއިރާގެ ގައުމީ މަޖިލިސް މެންބަރުކަމަށް ވާދަކުރުމަށް ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔުއްވާ، ތާއިދު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ހުރިހާ ފަރާތްތަކަށް ވެސް އަކްރަމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަކްރަމް އަކީ ފާއިތުވި އެކި ދައުރުގައި ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގައާއި، އެ ޕާޓީ ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ ބޭފުޅެކެވެ.

