މިދިޔަ ހަފްތާގައި 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. މުދާ ކްލިއާ ކުރި ކޮންޓެއިނަރުގެ ޖުމްލަ އަދަދު 44،170 އެވެ.
މި ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް އަދި ސްވީޓް މެލަން ފަދަ ކާބޯތަކެތީގެ ބާވަތްތަކެވެ. ކްލިއާ ކޮށްފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 41،929 އަކީ އުޅަނދު އަދި 2،241 އަކީ ޖެނެރަލް ކާގޯ އުޅަނދުއެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި ކްލިއާ ކޮށްފައިވާ ކޮންޓެއިނަރުތަކުގެ ތެރެއިން 1،450 އަކީ އުޅަނދު އަދި 418 އަކީ ޖެނެރަލް ކާގޯ އުޅަނދުއެވެ.
މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު:
- 14،315 ޕެކޭޖުގެ ބިސް،
- 9،562 ޕެކޭޖުގެ ފިޔާ،
- 2،962 ޕެކޭޖުގެ ދޮންކެޔޮ
- 8،648 ޕެކޭޖުގެ ކަރާ،
- 6،414 ޕެކޭޖުގެ އަލުވި
- 5،004 ޕެކޭޖުގެ ޓޮމާޓޯ
- 3،552 ޕެކޭޖުގެ ކެބެޖް
މީގެ އިތުރުން އަލަނާސި، ބަރަބޯ އަދި ސްވީޓް މެލަން ހިމެނޭ ގިނަ މުދާވެސް ކްލިއާ ކޮށްފައިވެއެވެ. އެމްޕީއެލްއިން ދަނީ ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި ހަފްތާގައި އެންމެ ގިނައިން ކުލިއާކޮށްފައިވަނީ ބިހެވެ.
ފާއިތުވު ހަފްތާގައި 2 ކޮންޓެއިނަރު އުޅަނދު ރާއްޖެ އައިސްފައިވާއިރު، 3 އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ. އަދި 4 ޖެނެރަލް ކާގޯ އުޅަނދުގެ މުދާ އެމްޕީއެލް އިން ކްލިއާ ކޮށްފައިވާއިރު، 3 އުޅަނދު ފުރައިގެން ދިޔައެވެ.
ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ލިބިދޭނެ ގޮތަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރިއަށް މަސައްކަތް ކުރަމުންދެއެވެ. އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ލިބިދޭނެ ގޮތަށް، 3،000 އަކަފޫޓުގެ ހިޔާކުރެވިފައިވާ ޝެޑެއް ވަނީ ހަދާފައެވެ.
އެމްޕީއެލް އިން ކޮންމެ ހަފްތާއަކުވެސް ކްލިއާ ކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންދެއެވެ.

