ވައިގެ މަގުން ރާއްޖެއަށް 1.8 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި އިންޑިޔާ މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 39އަހަރުގެ ފިރިހެންމީހާ ހައްޔަރު ކޮށްފައިވަނީ ބުަދަ ދުވަހުއެވެ. މިމީހާގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާގެ ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި ފެނިފައިވެއެވެ. އަދި އެތަކެތި ފެނުުމުން އޭނާއާ ސުވާލު ކުރުމުން އެއީ އޭނާގެ އަމިއްލަ ތަކެތި ކަމަށް ބުނެފައި ވެއެވެ.
ތަހުލީލަށް އެނގިފައިވާ ގޮތުން އެއީ ޓެޓްރާހައިޑްރޯ ކެނިބިނޯލްކަމަށް ވެއެވެ. ހައްޔަރުކުރި މީހާގެ ކަޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން ވަނީ އެންފެޓަމިން އަދި ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ.
މިމީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.

