logo

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ ކޮންފަރެންސް ނިމިއްޖެ

ދިޔާމާ އިބްރާހިމް
9 ގަޑިއިރު ކުރިން

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އެމްއެންޔޫ ގުޅިގެން ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު، (އޯއެސްއެޗު)ކޮންފަރެންސް ނިމިއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި، ސިއްހީ ހިދުމަތްތެރިންނާއި، ސިޔާސަތުތައް އެކުލަވާލައްވާ ފަރާތްތަކުގެ އިތުރުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ވަކާލާތުކުރައްވާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ގުޅިގެންކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމެވެ.

ޤައުމީ ފެންވަރުގައި ބޭއްވި މި ކޮންފަރެންސްގެ ތެރެއިން އެކި ދާއިރާތަކުގައި އޯއެސްއެޗްގެ އަމަލީ މިންގަނޑުތައް ހަރުދަނާ ކުރުމުގެ މުހިންމުކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ހުށަހެޅުންތަކާއި މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށް ދިޔައެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންގެ ކިބައިން މައުލޫމާތު އުނގަންނައިގަތުމަށާއި، މިހާރު ހުރި ގޮންޖެހުންތަކާއި، އަމަލީގޮތުން ހައްލު ހޯދޭނެ ގޮތްތަކާއި، މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އެންމެންގެ ހިއްސާ އޮތް މިންވަރާ މެދު ބައިވެރިން ސުވާލުކޮށްމަޝްވަރާކޮށްފައިވެއެވެ.
ދެ ދުވަހުގެ ތެރޭގައި ކޮންފަރެންސުން އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ، ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމާއި، ހޭލުންތެރިކަން އިތުރު ކުރުމާއި، މިންގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އޯއެސްއެޗްއަކީ ކޮންމެ މަސައްކަތުގެ މާހައުލެއްގެވެސް އަސާސީ ބަޔަކަށް ހެދުމަށްޓަކައި، ކުންފުނިތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އިތުރަށް ހާމަވެގެންދިޔަކަން އޭއީއެޗްއިންފާހަގަކުރިއެވެ.

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026ގެ ކޮންފަރެންސް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާއި އެސްޓީއޯ ހެލްތު ކެއަރސޮލިއުޝަންއާއި، ދިރާގު އަދި ތާޒާއެވެ.

ad