logo

މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މަރާމާތަށްފަހު މާލޭގެ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް އެތަން ތަރައްގީކުރުން، އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްޓީސީސީން މީގެ ކުރިން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާފައެވެ.

ރަސްފަންނު ތަރަައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ގާއިމްކުރުންވެސް ހިމެނެއެވެ.

ބިނާރާބެހޭ ވުޒާރާއިން ބުނީ، މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށެވެ. މަރާމާތަށް ރަސްފަންނު ސަރަހައްދު ބަންދުކުރީ، މިދިޔަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ގާއިމްކޮށް، މޫދަށް އެރޭ ސަރަހައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް

‏އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.

ad