logo

މާރުކޭޓް އަޅާ ސަރަހައްދު ހުސްކުރަނީ

މަރްޔަމް
8 ގަޑިއިރު ކުރިން

މާލޭގައި ހިން ގަމުންދާ މައި ހުރިހާ މާރުކޭޓްތަކެއް އެއް އިމާރާތަކަށް ގެނައުމަށް، މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށްޓަކާ ފަހު މުހުލަތު ދީ މާރުކޭޓް އަޅާ ސަރަހައްދު މާދަމާގެ ނިޔަލަށް ހުސްކުރުމަށް މަސްވެރިކަމާއި ދަނޑުވެރި ކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އަންގައިފިއެވެ.

މަސައްކަތް ހަވާލުކޮށް ފަސްމަސްދުވަހަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު މަސައްކަތް ނުފެށިފައި ވަނީ އެކަމަށްބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލުން ހަވާލު ނުކޮށްދީގެން ކަމަށް ކަމާއިގުޅޭ ވުޒާރާތަކުން ބުނެއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ނެވެ. އެ ވުޒާރާއިން ވިދާޅުވަނީ މަސައްކަތް ހަވާލުކުރުމަށް ފަހު ދީފައިވާ މުއްދަތުގައި މަސައްކަތް ނުފެށިގެން ކޮންޓްރެކްޓަރ ގެ ޝަކުވާތައް ލިބެމުން ދާކަމަށެވެ.

އައު އިމާރާތް އަޅާ ނިމެންދެން ވަގުތީ މާރުކޭޓެއްގެ ގޮތުގައި ބޭނުން ކުރަމުން ދާނީ ތައިސޭކޮށީގެ ބިއްދޮށް ކަމަށާއި ،އަމާޒަކީ އެއް އަހަރާ އަށް މަސް ދުވަސް ތެރޭ މަސައްކަތް ނިންމުންކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

ad