ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފަ އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

