logo

"އަތަމާ ޕެލެސް" ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

މަޖީދީމަގު ހުންނަ "އަތަމާ ޕެލެސް"ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 17:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 17:44 ހާއިރުއެވެ.

އެ ރެސްޓޯރަންޓްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ރޯވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ad