logo

އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެޗްޑީ އަށް ކިޔެވުންވެސް ހިމެނޭހެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސްކޯލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ، މި ސްކޯލަޝިޕްގައި، ބެޗެލަސް ޑިގްރީ، މާސްޓަސް ޑިގްރީ އަދި ޕީއެޗްޑީއަށް ކިޔަވަނަް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ކިޔަވަން ބޭނުންވާ ކޯސް ފުރިހަމަ ކުރުމަށްފަހު، 5 އަހަރުގެ މުއްދަތަކަށް ދިވެހި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ސްކޮލަރޝިޕްއަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން ވަނަ ދުވަހުގެ 14:00 އެވެ. ކޯސް ފުރިހަމަކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ ސްކޮލަޝިޕްގައި ހިމެނެނީ، މެލޭޝިއާގެ ސެލަންގޯ ޔުނިވަސޓީއިން ހިންގާ ބެޗްލަރ އޮފް އެކައުންޓިންގ އާއި، އެގައުމުގެ އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ އިން ހިންގާ މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް އާއި، އެގައުމުގެ އިންސީފް ޔުނިވަސިޓީ އިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމެވެ.

ޕީއެޗްޑީ ހަދަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފައިވާ ފުރުސަތުތަކުގެ ތެރޭގައި، ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން) ނުވަތަ، ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ރިސާޗް) ނުވަތަ ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ހިމެނެއެވެ.

މި ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ލިބޭނެއެވެ. އެމްއެމްއޭއިން ބުނީ ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް ލިބޭނެކަމަށެވެ. އަދި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސް ލިބޭނެކަމަށެވެ.

ad