ރުފިޔާ ލިކުއިޑިޓީ ދަށްކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން 3 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ، މަރުކަޒީ ބޭންކުން 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން, "ރިވާސް ރީޕާޗޭސް އޮޕަރޭޝަން" ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. މިއީ ބާޒާރުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، އޭގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެގެން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ހަރުދަނާ ފިޔަވަޅެކެވެ.
މިއީ ބާޒާރުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، އޭގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެގެން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ހަރުދަނާ ފިޔަވަޅެކެވެ.
އެމްއެމްއޭއިން ބުނީ އޭގެ ނަތީޖާއެއްގެ ގޮތުން، ޖޫން 2026 ނިމުނުއިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި ޖޫން 2025 ގައި ސާޕްލަސް ލިކުއިޑިޓީގެ ގޮތުގައި އެވަރެޖްކޮށް 7.0 ބިލިއަން ރުފިޔާ ހުރިއިރު، ޖޫން 2026 ނިމުނުއިރު އެ އަދަދު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށްވެސް އެ އޮތޯރިޓިން ބުނެ އެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރު ޑިސެންބަރުގައި މެއިން ލިކުއިޑިޓީ އޮޕަރޭޝަންސް (އެމްއެލްއޯ) ފަށާފައިވާއިރު، ނޮވެންބަރު 2025 ގައި ސްޓްރަކްޓަރަލް ލިކުއިޑިޓީ އޮޕަރޭޝަންސްގެ ހުރިހާ ޓެނާސްތަކެއްގެ ރޭޓް 100 ބޭސިސް ޕޮއިންޓުން އިތުރުކޮށް، އޮގަސްޓް 2026 ގައި އިތުރު 10 ބޭސިސް ޕޮއިންޓުން މަތިކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

