ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހު 4 ވަނަ ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދުވާފަރު ގެއެއް ބަލައިފާސްކޮށް ހައްޔަރުކޮށްފައި ވަނީ އެ ރަށު ކަބީލާއާގޭ ހާޖަރާ މާއިސާ ޢަލީ، 26، އާއި ދަފްތަރު ނަންބަރު 0235، ޢަބްދުﷲ ޢަލީ، 33، އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހާޖަރާގެ ބަންދަށް 7 ދުވަސް އަދި ޢަބްދުﷲ ގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

