މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޤައުމީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ އެލާޓްތައް ނެރެމުންނެވެ.
އެގޮތުން މިވަގުތުވެސް ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށްވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ، މިއަދު 11:30 އިން ފެށިގެން 16:30 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
މެޓުން ހުދު ސަމާލު ނެރެފައި ވަނީ، ށ. އަތޮޅުން ފެށިގެން އައްޑޫ ސީޓީއާއި ހަަމައަށެވެ. އެއީ މިއަދު 11:30 އިން ފެށިގެން ހަވީރު 16:30 އަށެވެ.
މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެއާއި ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތައް ދަނީ ވަމުންނެވެ.

.jpg&w=256&q=75)
