logo

އުތުރު ތިލަފަޅާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޑިޒައިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ލަހެއްނުވެ އިއުލާން ކުރެވޭނެ: މިނިސްޓަރ މުއްޠަލިބު

މަރްޔަމް
8 ގަޑިއިރު ކުރިން
މިނިސްޓަރ ޢަބްދުﷲ މުއްތަލިބް

މިނިސްޓަރ ޢަބްދުﷲ މުއްތަލިބް

ގިރާވަރު ފަޅާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޑިޒައިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ލަހެއް ނުވެ އިއުލާން ކުރެވޭނެކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް"ގެ 11 ވަނަ އެޕިސޯޑުގައި މިނިސްޓަރު ވިދާޅުވީ ތިލަފުށިން ފެށިގެން އުތުރު ތިލަފަޅާ ހަމައަށް ބުރިޖުން ގުވާލަން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކުގެ އެހީގައި ފީސިބިލިޓީ ސްޓަޑީސްއެއް ކުރިން ހެދި ކަމަށެވެ،. އެހެން ނަމަވެސް ލޯނު ލިބުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނުކަން މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވިއެވެ.އަދި މާ ލަސްތަކެއް ނުވެ އެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ކުރުމަށްޓަކަށް ބަޔަކު ހޯދަން އިއުލާންކުރައްވާނެކުގެ ޔަގީންކަން މިނިސްޓަރު މުއްތަލިބު ދެއްވިއެވެ.
"އެއާއެކު އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ ލޯނު ލިބެންވާއިރަށް ބޭނުންވާ ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ކޮށްފަ ބެހެއްޓުން"މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމާޒަކީ މި ވެރިކަމުގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް މަސައްކަތް ފެށިގެން ދިޔުން ކަމަށެވެ.

ތިިލަމާލެ ބުރިޖު ވިލިމާލެއާ މާލެއާ ގުޅާލާފައިވާ އިރު ވިލިމާލެއާ ގުޅިފަޅާވެސް ދާފި ފަހުން ވަނީ ގުޅާލާފައެވެ.

ad