އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒާހިދު މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ޔަގީންކޮށް ދީފަ އެވެ. ކޮމިޝަނުން ބުނީ ޒާހިދުގެ އިސްތިއުފާދެއްވި ކަމަށް ވަނީ އަންގާފައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އެކޮމިޝަންގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސް ހިމެނޭހެން 5 ބޭފުޅުން ތިއްބަވައެވެ.

