logo

ރިޕޯޓް: އަންހެނުންގެ ދުވަސް - ޒަމާނީ ވައްޓަފާޅިއާއި އެކު ދުނިޔެ ބަދަލުކުރި އަންހެނުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 8 ވަނަ ދުވަސް އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއަހަރު ފާހަގަކުރަނީ ހަމަހަމަކަމާ ދެކޮޅަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް އަދި ހައްގުތަކާއި އިންސާފާއި ފިޔަވަޅުގެ މައްޗަށެވެ. މި ދުވަސް ފާހަގަކުރެވެނީ ބަދަލުތައް ގެނައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަރަކާތެއްގެ ގޮތުގަވެސްމެއެވެ

އަންހެނުންގެ ދުވަހެއް ފާހަގަކުރެވޭއިރު، ބާރުގަދަ އަންހެނުން "ޕަވާފުލް ވިމެން" ސިފަވަނީ އެކަނބަލުންގެ ލީޑަރޝިޕާއި، ނުފޫޒު ފޯރުވުމާއި، ބަދަލުތައް ގެނައުމުގެ ޤާބިލުކަމުގެ މައްޗަށެވެ. ޒަމާނީ ވައްޓަފާޅިއާއި އެކު ދުނިޔެ ބަދަލުކުރި އަންހެނުންގެ ވާހަކައިންވެސް އެތަކެއް އިބްރަތެއް ލިބެއެވެ. އޭގެ ތެރޭގައި ހަނާ އަލް ރޮސްޓަމާނީ، އެންޖެލާ މާކެލް އަދި ސަނޭ ޓަކައިޗީ ފަދަ ޒަމާނީ ލީޑަރުން ހިމެނެ އެވެ. އަދި މަލާލާ ޔޫސުފްޒާއީ އާއި މިޝޭލް އޮބާމާ އަދި ސިމޯން ބައިލްސް އާއި، ކްލައުޑިއާ ޝެއިންބާމް އަކީ އަންހެނުންނަށް ޙާއްސަ މިސާލުތަކެއް ދުނިޔެއިން ދައްކާފައިވާ ފަރާތްތަކެވެ

މި ލީޑަރުން ގިނަ ފަހަރަށް އެބޭފުޅުންގެ މަގާމުތައް ބޭނުންކުރަނީ ކުރިއެރުން އިތުރުކުރުމަށާއި، އުސޫލުތަކާއި އެކުވެސް ގޮންޖެހުމުގެ މައްޗަށެވެ.

ވަރުގަދަ އަންހެނުންނަކީ އިތުބާރާއެކު އުންމީދު އާކޮށް، ޕޮޒިޓިވް މައިންޑްސެޓް ހުންނަ އަންހެނުންނެވެ. މިއީ ވަރުގަދަ އަންހެނެއްގެ ކިބައިގައި ހުންނާނެ ބައެއް ސިފަތަކެވެ.

މިފަދަ ހަރުދަނާ އަންހެނުންނަކީ ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދާފައިވާ ފަރާތްތަކެވެ. ތަފާތު ދަރަޖަ ތަކާއެކު، މުޖްތަމަޢުގައި ތަފާތު މާނަކުރުމާއެކު އަންހެނުންނާއި މުޖުތަމައުގެ ނަޒަރުން ބަހެއް ބުނެލާނަމެވެ. އާދެ! ގައުމު ހިންގުމުގެ ހުންގާނުގައި އަންހެނުންގެ ރޯލު ދުނިޔޭގެ ލީޑަރުންގެ ކިބައިން ފެނިގެންގޮސްފައިވާއިރު، އަންހެނަކަށްވީތީ އޭނާ ބަހައްޓަންޖެހޭ ޙާއްސަ އަޚްލާގްގެ މިންގަނޑުތައްވެސް ހުރެއެވެ. ތާރީޚީ ސަފްހާތަކުން ދިވެހިން ދުށް ވަރުގަދަ ލީޑަރުންވެސް އެބަތިއްބެވެ. އެހެނަސް ދުނިޔެ ބަދަލުކުރި ލީޑަރުންގެ މާޒީން އިބްރަތް ހޯދަމާ ހިނގާށެވެ.

ދުނިޔެ ބަދަލުކޮށްލި ބައެއް އަންހެނުންގެ އިންސްޕިރޭޝަނަލް މި ސްޓޯރީތައް

މަލާލާގެ ލެގަސީ

މަލާލާގެ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް

1. ✅ އޭނާގެ ވަކާލާތުގެ ސަބަބުން އެތައް މިލިއަން އަންހެން ކުދިންނަށް ރަނގަޅު ތައުލީމުގެ ފުރުސަތުތައް ވަނީ ލިބިފަ އެވެ.
މަލާލާއަކީ ތައުލީމާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ އެވެ. އޭނާގެ ހިތްވަރުގަދަ ކަމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން އަންހެން ކުދިންގެ މުސްތަގުބަލު ބަދަލުވެ، އެއް އަޑަކުން ތަފާތު ގެނެވޭނެކަން ސާބިތުކޮށްދީފަ ވެއެވެ.

2. ✅2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ސަނޭ ޓަކައިޗީ އަކީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. ޖަޕާނުގެ "އަޔަން ލޭޑީ" ގެ ނަމުން މަޝްހޫރުވެފައިވާ އެކަމަނާގެ ވާހަކައަކީ ޖަޕާނުގެ ސިޔާސީ މައިދާނުގައި ފިރިހެނުންގެ މައްޗަށް ބިނާވެފައިވާ ހައިރާކީގެ ތެރެއިން އަމިއްލައަށް އުފައްދުނު ސިޔާސީ ލީޑަރެއް

3. ✅ ކްރިސްޓިއަން ލަގާޖް، ޖާރުމަނުގެ ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ރައީސް ކަން ކުރެއްވި، ލީޑާޝިޕް ސްޓައިލްގަ އޭނާގެ ލެގަސީ ފެންނަނީ "ވުމަން އޮފް ފަސްޓްސް" ގެ ގޮތުގަ އެވެ. ފޯބްސް އާއި ޓައިމް މަޖައްލާއިން ދުނިޔޭގެ އެންމެ ބާރުގަދަ އަންހެނުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވަ އެވެ.

4. ✅ އުރުސުލާ ވޮން ޑަ ލެޔެން، ބެލްޖިއަމްގެ ޔޫރަޕިއަން ކޮމިޝަންގެ ރައީސް ކަން ކުރެއްވި، އުރުސުލާ ވޮން ޑަ ލެޔެން 2025 ވަނަ އަހަރުގެ ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޔޫރަޕްގެ ސަލާމަތާއި މިނިވަންކަމާއި ވާދަވެރިކަން ވަރުގަދަ ކުރުމަށެވެ. އޭގެ ތެރޭގައި ޔޫކްރެއިންއަށް އެހީތެރިވުމާއި، ދިފާއީ ގާބިލްކަން އިތުރުކުރުމާއި، ޑިޖިޓަލް އަދި ކްލީން ޓެކް އިންވެސްޓްމަންޓް އިތުރުކުރުން ހިމެނެ އެވެ. އަދި ޑިމޮކްރަސީ ހިމާޔަތް ކުރުމާއި، ހިޖުރަކުރުން މެނޭޖް ކުރުމާއި، ޔޫރަޕިއަން ހައުސިން ސަމިޓް އިފްތިތާހު ކުރުމަށް ވެސް އެކަމަނާ ވަނީ އިސްކަން ދީފަ އެވ.

5. ✅ ޖޯޖިއާ މެލޯނީ, އިޓަލީ ގެ ޕްރައިމް މިނިސްޓާރކަން ކުރެއްވި އިޓަލީގެ ތާރީޚުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެކަމަނާއަކީ ވަރުގަދަ އަޣުލަބިއްޔަތު ދެމެހެއްޓުމަށް އިސްކަން ދެއްވާ ބޭފުޅެކެވެ. އިޓަލީގެ ސިޔާސީ މައިދާނުގައި ގަދަވެގަނެ، ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ލީޑަރެއްގެ ގޮތުގައި އެކަމަނާގެ ތަސައްވުރު ބަދަލުކުރައްވައި، އެކަމަނާގެ ބާރު ވަރުގަދަ ކުރައްވައި، އެކަމަނާގެ ވެރިކަން ވަރުގަދަ ކުރެއްވިއެވެ.

6. ✅ ކްލައުޑިއާ ޝެއިންބާމްގެ މެކްސިކޯގެ ފުރަތަމަ އަންހެން ރައީސެއްގެ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އިންތިހާބުވެވަޑައިގަތް. އެކަމަނާގެ ސިޔާސީ ހަޔާތުގެ ތެރޭގައި 2018 އިން 2023 އަށް މެކްސިކޯ ސިޓީގެ މޭޔަރުކަން ކުރެއްވި އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާ އެންވަޔަރަމަންޓަލް އިންޖިނިއަރެއްގެ ގޮތުގައި އަދި ޕޮލިސީ އެޑްވޮކޭޓެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކޮށްލެވެ އެވެ.

މިހެން ލިސްޓު ކުރަންޏާ ކުރާނެ އަދިވެސް މިކަހަލަ ކިތަންމެ ކަނބަލެއް ހިމެނެއެވެ. އެފަދަ ކަނބަލުންގެ ހަޔާތުން އިބްރަތް ލިބިގަނެ އަލުގަނޑުމެން ކޮންމެ އަންހެނަކީވެސް ހެޔޮ ގޮތުގައި މުޖުތަމައުއަށް ކޮންޓްރިބިއުޓްކުރާ ހީވާގި ކެރޭ ބަޔަކަށް ވަމާ ހިންގަވާށެވެ.

ad