ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުން ކަމަށް ބިއެމްއެލް އިން ވަނީ ބުނެފައެވެ.
ކާމިޔާބު ވި ފަރާތްތަކަކީ:1. ފާޠިމަތު ޖަބީން
2. މުފީދު ޢަބްދުއްވަހާބު3. ލުޤުމާން މުހައްމަދު
4. ޢަބްދުالله ފާލިލު5. އިބްރާހީމް ނަޞީރު6. ސުހައިލް އިބްރާހީމް7. ސުއިދު މުހައްމަދު
8. ސަދާގަތު އަބްދުالله
9. އަޙްމަދު ނިޝާދު
10. ޝިނާން އަބްދުالله

