ދިވެހި ޗެނެލާ ގުޅުނީ ޕާޓް ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައެވެ. 2024 ވަނަ އަހަރު ދިވެހި ޗެނެލްގެ ޓީމާ ގުޅުނު މިޝްކާ ކުރާ މަސައްކަތުގެ ތެރޭގައި ޚަބަރުކިއުމާއި، ޕްރޮގްރާމް އުފެއްދުމާއި، ހުށަހެޅުން ހިމެނެއެވެ. ދޭއްގެ ޚަބަރު ކިޔުމުން ފެށި މިޝްކާއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޭގަނޑު 8 އެއްގެ ޙަބަރު ކިއުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
އައިޝަތު މިޝްކާ/ ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝްއައިޝަތު މިޝްކާ
ދިވެހިޗެނަލުގެ ބެލުންތެރިންގެ ހާއްސަ މޫނެއްގެ ގޮތުގައި ފެންނަ މިޝްކާގެ ހުނަރު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2024 ވަނަ އަހަރުގެ ބޮޑު އީދުގައި ހއ. ދިއްދޫގައި ކުރިއަށްދިޔަ އީދު ކަވަރޭޖްގެ ތެރެއިންނެވެ.
އައިޝަތު މިޝްކާ ޕްރޮގްރާމެއް ހުށަހަޅައިދެނީ/ ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް
ޕްރެޒެންޓް ކުރުމަށް ޝައުގުވެރިކަން ހުންނަ މިޝްކާ، ދިވެހި ޒުވާނުންނަށް ޙާއްސަކޮށްގެން ހުށަހަޅާ ޕްރޮގްރާމެއް ކަމަށްވާ ލިވިން އައުޓް ލައުޑް (ލޮލް) އަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރޮގުރާމެކެވެ. މިޝްކާ ބުނާ ގޮތުން ދިވެހިޗެނަލްގެ ޓީމަކީ ވަރަށް އެކުވެރި މާހައުލެއްގައި މަސައްކަތްކުރާޓީމެކެވެ. އޭނާ ބޭނުންވަނީ އާންމުންގެ ތަރުހީބާއެކު އިތުރު ޕްރޮގްރާމްތައް އުފެއްދުމަށްކަމަށް މިޝްކާ ބުންޏެވެ. އަދި އޭނާ ބޭނުންވަނީ ޕްރެޒެންޓްކުރުމާއި ޕްރޮޑިއުސްކުރުމުގެ އިތުރަށް، ކުރިއަށް އޮތްތަނުގައި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށްކަމަށްވެސް މިޝްކާ ބުންޏެވެ.