ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ދިރާސާކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮމިޓީގެ މެންބަރުންނަށް ފޮނުވާފައިވާ ނޯޓިސްގައިވާ ގޮތުން، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ 14 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00ގައި، މަޖިލީހުގެ 5 ވަނަ ފަންގިފިލާގައި ހުންނަ ކޮމިޓީ ރޫމް 7ގައެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލްގެ ސުންގަޑި ކަނޑައަޅައި، ބިލްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާ ކުރެއްވުން" ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވި މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

(4).jpg&w=3840&q=75)