ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދުއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ހާމަކޮށްފިއެވެ.
މެޓުން ބުނީ މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ރަށްތައް މެޓުން އާންމުކޮށްފައިވާއިރު، ދަރަވަންދޫއަށް ފާއިތުވި 24 ގަޑިއިރު 93 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައިވާ ކަމަށެވެ. 2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ބ. ގޮއިދޫއަށެވެ. އެއީ 64.3 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫށެވެ. އެއީ 57.3 މިލިމީޓަރުގެ ވާރޭއެވެ.3 ވަނަ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. މާފަރަށް 56.3 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. އަދި އއ. ތޮއްޑޫ- 57.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓްގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ ސ. ހުޅުމީދޫށެވެ. އެއީ 1.4 މިލިމީޓަރުގެ ވާރޭއެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ މެޓް ބުނެއެވެ.
މެޓުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ކަމަށް އެ މެޓް ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅު އުސްމިނުގައި 4 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށް އެ މެޓް ބުނެއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

