ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށް، ފިޔަވަޅު އަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ ދަންވަރު 01:20 ހާއިރުއެވެ.
ހުޅުމާލެ ފޭސް 1 ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ވަނީ ފިލަން މަސައްކަތްކޮށްފައެވެ. އެގޮތުން ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވާފައެވެ.
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައެވެ. އަދި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


