ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމައި ސަނަދު އެރުވައިފިއެވެ.
މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރެވޭނެ ކަމަށް އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ..
އެގޮތުން ޒުވާން ޚަޠީބުންނާއި އިމާމުންނާއި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާ އެއް ބޭއްވުމަށް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން ކަމަށާއި، އެ މަހާސިންތާ ބޭއްވުމަށް ރޭވެމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ވަނީ ދައުވަތު ދެއްވާ ކަމަށެވެ..
މިނިސްޓްރީގެ އަމާޒަކީ 1 ހާސް ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުމެވެ. ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދައިިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ..
އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް މިހާރު އަރަާފައިވާ ކަމަށާއި، ޤުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައްވަނީ އިތުރުކޮށްފަވާ ކަމަށެވެ. އަދި މި ވަގުތު 2 ހާހަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

.jpg&w=256&q=75)
