ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އުޅުއްވަނީ މި ސަރުކާރުން ގައުމަށް ގެންނަ ކުރިއެރުމާއި ކާމިޔާބީ ހަޖަމުނުވެގެން ކަމަށް ީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން އިއްޔެބުނީ ރަސްމާލެޕްރޮޖެކްޓަކީ ވަރަށްބޮޑުވޭސްޓެއްކަމަށާއި، ބޭކާރުޚަރަދެއްކަމަށެވެ. . ނަމަވެސްމިޤަޢުމުގައި ދުވަހަކުވެސްހިންގާފައިނުވާފަދަ ބިޔަބޮޑު ޕްރޮޖެކްޓެއްފައްޓަންނިންމުމުން ޔާމީނު މޭކަރާ ލޮލަށްނިދިނައިސްގެން އުޅެނީ މިޤަޢުމާއި ރައްޔިތުންނަށް ޔާމީނުގެހިތުގައި އެއްވެސްކ ުލުނެއް ނެތީމަ ކަމަށެވެ.
އަދި ޤަޢުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާހިސާބަކަށްނާދެވޭނެ ކަމަށް ވިދާޅުވިއެވެ. ތިރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއްނުވާނެ އަމިއްލައަށްވެރިކަންކުރިގޮތް ހަނދާން ކޮށްލާފަ ކަރުދާސްކޮޅެއްގައި ރައީސްގެނަންޖަހާލައިގެން ބޯދަށައްލައިގެންނިދާލާން މާރަނގަޅު ވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އިތުރަށް ފާޑުވިދާޅުވަމުން ފާހަގަ ކުރެއްވީ ރައީސް މުޢިއްޒުގެ ވެރިކަމުން މިޤަޢުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށްވެސް ހަޖަމުނުވެގެން އުޅޭ ކަމަށެވެ.
ފަލާހް ޔާމިނަށް ރައްދު ދެއްވާ މިގޮތަށް ވިދާޅުވި އިރު، ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި ރަސްމާލެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަސްމާލެ ބޭރުގެ ކުންފުނަޏަކަށް ދޭ އެ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި، ކުރިއަށް އޮތް ސަރުކާރަކުން އެ އެއްބަސްވުން ބާތިލުކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ހަމައެކަނި ރައްޔިތުންނަށް ދޮގު ހެދުމާއި އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަނި ކަމަށެވެ. އަދި ގައުމުގެ ކަންކަން ހިންގުމުގައި ވެރިންގެ ކިބައިގައި އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
އެހެންކަމުން، ދުބާއީ ކުންފުނިން ވެސް އެ ބިން ނެގުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އިލްތިމާސްކުރައްވަމުން ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބިމުން މި ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށާއި، ޕީއެންއެފްގެ ވެރިކަމެއްގައި އެ ބިންތައް އަނބުރާ ދައުލަތަށް ނަގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

