logo

ފިލައިގެން ދިޔަ ދޯނި އަތުލައިގެންފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

އެކްސުޑެންޓް ވުމުން ފިލައިގެން ދިޔަ ދޯނި އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަ ކޮށްފިއެވެ.

ފުލުހުން ބުނީ ޖުލައި 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފަ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން،6 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު މި ދޯނި ވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފަ ކަމަށެވެ.

އެގޮތުން، ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފަ ކަމަށެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ވަނީ ސުވާލުކޮށްފަ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެއިތުރުން، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ ކެޕްޓަންގެ ލައިސަންސްވެސް ހިފަހައްޓާފަ ކަމަށާއި، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ad