logo

ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ސަފީރު ގޮވާލައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

ޗައިނާ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ގޮވައިލައްވައިފި އެވެ.

ސަފީރު މިކަމަށް ގޮވައިލެއްވީ ދެ ބޯޓު އޮޔާދިޔަ ހާދިސާގައި އެއިން ބޯޓެއް ސިނަމާލެ ބުރިޖަށް އުރުމާއި ގުޅިގެންނެވެ. ސަފީރު ވިދާޅުވި ގޮތުގައި ޗައިނާ ކަމާގުޅޭ މާހިރުންގެ ޓީމަކުން ވަނީ ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މަސައްކަތް ފަށާ ނިންމާލިއިރު ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަޤީން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވިދާޅުވީ ބްރިޖް ހާދިސާއާ ގުޅިގެން ޗައިނާ ކަމާގުޅޭ މާހިރުންގެ ޓީމަކުން ބްރިޖުގެ ފުރިހަމަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރުއެވެ. އަދި ވިދާޅުވީ އެެ ހާދިސާއާ ގުޅިގެން ބްރިޖުގެ މައި ސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ވެފައިނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަތެވެ.

ބްރިޖަށް އުރުނު ތެޔޮއުފުލާ ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓެވެ. މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް ރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.

ބިނާރާ ބެހޭ ވަޒީރު ޑރ. މުއްތަލިބު ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެކުލަވާލާފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެސްއެޗްއީސީ އިން އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް ބްރިޖަށް ލިބުނު ގެއްލުންތައް މަރާމާތުތައް ކުރާނެ އެވެ.

ad