-
-
logo

ކިންގް ޗާރލްސް 3 ގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
ކިންގް ޗާރލްސް 3 ގެ ރަަސްމީ އުފަން ދުވަހުގެ ތަހުުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްސް III ގެ ރަސްމީ އުފަން ދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ޑޭވިޑް ލެމީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، އިނގިރޭސިވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަސްގެެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްްސް III ގެ ރަސްމީ އުފަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.

މިއަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފާހަގަ ކުރެވޭ ހިނދު، މި ފުރުޞަތުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާ ގުޅިގެން ގާތުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެެވެ.

‏‎‏އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ad