logo

ރާއްޖޭގައި އުޅޭ ބިދޭސީއެއް އިސްލާމް ވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ރާއްޖޭގައި އުޅޭ ބިދޭސީއެއް އިސްލާމް ވެއްޖެއެވެ.

މި ރޯދައިގެ ކުރިން ކ.ދިއްފުއްޓަށް ޒިޔާރަތްކުރި ޔޫރަޕްގެ އަންހެން ފަތުރުވެރިއެއް ވެސް ވަނީ ޝަހާދަތް ކިޔައި އިސްލާމްދީން ޤަބޫލުކޮށްފައެވެ.

އިއްޔެ އިސްލާމްދީން ގަބޫލުކުރީ ސ.ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރަމުން އަންނަ ލަންކާގެ ރައްޔިތެކެވެ. އެއި ޖަޔަސިންހާ އަރައްޗިގޭ ވަރޫނާ ކިޔާ މިހެކެވެ. އޭނާ ވަނީ ޝަހާދަތް ކިޔައި އިސްލާމްދީން ޤަބޫލުކޮށްފައެވެ.

ދީނީ ދަޢުވަތު ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ މިޝްކާތު ފައުންޑޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ވަނީ އިސްލާމް ދީން ޤަބޫލުކޮށްފައެވެ. އަދި އޭނާގެ ނަން ވަނީ ޢަބްދުﷲ އާދަމަށް ބަދަލުކޮށްފައެވެ.

ޢަބްދުﷲ އާދަމްއަށް ޝަހާދަތުގެ ދެކަލިމަ ލައިދެއްވީ ފޭދޫ ބޮޑު މިސްކިތުގެ އިމާމު ޝައިޚް އަހްމަދު ރިމާޒެވެ.

ad