logo

 ސަފާރީ އަކުން ޑައިވިނަށް ދިޔަ މީހަކު ނިޔާވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
17 ގަޑިއިރު ކުރިން

ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14 ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކަކު ވަނީ ފެނިފައެވެ.

އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ހިމެނެނީ އިޓަލީ އަށް ނިސްބަތްވާ ފަތުރުވެރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިިން ފުލުހުން ބުނީ 5 މީހުންވެސް މަރުވަފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނީ މައުލޫމާތުގެ އޮޅުމެއް ކަމަށާއި، ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ. ނަމަވެސް، މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންނެވެ.

އެ ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދޭ ކަމަށް ވަނީ ބުނެފައެވެ.

ad