logo

"ސާބަސް ޔަންމާ ޕްރޮމޯ" ފަށައިފި

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

"ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާޙު ކޮށްފިއެވެ. މި ޕްރޮމޯޝަން ފަށާފައިވަނީ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ ހަވާސާގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި ހަފްލާގައި އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

31 މާރޗް 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ޔަންމާ އިންޖީނު ބައްލަވައިގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންޖީނަކުން 8 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި 31 މާރޗްގެ ކުރިން 10 އިންސައްތައިގެ ބުކިންގ ފީއެއް ދައްކަވައި، އިންޖީނު އޯޑަރ ކަށަވަރު ކުރައްވަން ޖެހޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

އިއްްޔެ ފެށި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއި އެކު އެމްޓީސީސީ ޔަންމާ އިންޖީނު ވިއްކުމެވެ. އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް %8 ގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް %10 ޓްބުކިން ފީއެއް 31 މާރިޗް ގައި ނުވަތަ އެ ދުވަހުގެ ކުރިން ދައްކައި އިންޖީނު އޯޑާ ޔަގީން ކުރަން ޖެހޭނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ ކޯ-ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމްޓީސީސީން، އެކްސްޕޯގައި ހުންނަ އެ ކުންފުނީގެ ސްޓޯލުން އައު މެރިން އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރަފު ކުރަމުންދާނެއެވެ. އަދި ޔަންމާ އާއި ކާސްޓްރޯލް ފަދަ އެމްޓީސީސީގެ ވިޔަފާރީގެ ބައިވެރިންނާއެކު ބާއްވާ ޕެނަލް ޑިސްކަޝަންތަކުގައި، އިންޖީނުތަކާ ގުޅޭ ފަންނީ އަދި އަގުހުރި މަޢުލޫމާތުތައް ޙިއްސާ ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީގެ ކަށަވަރު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު 5 ފެބްރުއަރީ އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި ލަކިޑްރޯ ކާމިޔާބު ކުރާ ފަރާތުގެ ނަން 8 ފެބްރުއަރީގައި މޯލްޑީވްސް މެރިން އެކްސްޕޯގެ ހަވާސާގައި އިއުލާން ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، އިންޖީނުތައް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް ކަސްޓަމަރުން އަހުލުވެރިކުރުވުމެވެ.

ad