logo

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ކުރިން ވިއްކާ ގޮތަށް ބަދަލުކޮށްފި

އައިމިނަތު މޫސާ
5 ގަޑިއިރު ކުރިން

މިފްކޯ އިން ބުނީ އެ ކުންފުނިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާ އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760 ރުފިޔާ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް އެ ކުންފުނިން ފޯރުކޮށްދިނުމަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ ކުރިން މިފްކޯ އިން ބުނީ ތެޔޮމަސްދަޅަށް ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް އެ ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

ad